މީހަކު ކަނީ -- ފޮޓޯ: ފްރީޕިކް.ޑިލާ

ލަސްލަހުން ކެއުމުގެ ފައިދާ ސައިންސްވެރިންނަށް އެނގިއްޖެ

ކުޑައިރު އަބަދުވެސް އިވޭ އެއް ނަސޭހަތަކީ ލަސްލަހުން ކާށެވެ.

މިއަދު ސައިންސްވެރިން ބުނެފައި މިވަނީ ލަސްލަހުން ކެއުމަކީ ފައިދާ ހުރި ކަމެއް ކަމަށެވެ.

ދިރާސާއަކަށްފަހު އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި ޝާއިއުކޮށްފައިވާ ގޮތުން ލަސްލަހުން ކެއުމަކީ ގިނައިން ކެއުމާއި ދުރުކޮށްދޭ ކަމެކެވެ. ނަތީޖާއަކީ ބަރުދަން ލުއިކުރަން އެހީވެދިނުމެވެ.

ޗައިނާގެ ހާބިން މެޑިކަލް ޔުނިވާސިޓީގެ ދިރާސާވެސް ދަށްކަނީ ލަސްލަހުން ކެއުމުގެ ފައިދާ އެވެ. ލަސްލަހުން ކެއުމަކީ ހުރިހާ ގޮތަކުންވެސް ސިއްހަތަށް ފައިދާކުރާ ކަމެއް ކަމަށް އެ ދިރާސާއިން ދައްކަ އެވެ.

ހަކުރު ބައްޔަކީ ދުނިޔޭގައި އެތައް މިލިއަން ބަޔަކު ތަހައްމަލުކުރާ ބައްޔެކެވެ. ލަސްލަހުން ކެއުމަކީ ޓައިޕް 2، ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. ލަސްލަހުން ކެއުމަކީ ހަޖަމުކުރަންވެސް ފަސޭހަވާނެ ކަމެކެވެ.

ދިރާސާވެރިން ދެން ލަފާ ދެނީ ކާ ގަޑީގައި ޓީވީ އާއި ސްމާޓްފޯނާއި ދުރުވުމަށެވެ.