ސްކިޕިންގް ރޯޕްސް އާއި ބައިސްކަލް ދުއްވުން، ސަރުބީ ވިރުވައިދޭ ދެ ކަސްރަތު

ސްކިޕިންގް ރޯޕްސް އާއި ބައިސްކަލް ދުއްވުން – މި ދެ ކަމަކީވެސް ހަށިގަނޑަށް ފައިދާ ހުރި ދެ ކަސްރަތެވެ. މިއީ ހަށިގަނޑުން ސަރުބީ ވިރުވައިދޭ ކަސްރަތުތަކެކެވެ.

ސްކިޕިންގް ރޯޕްސްއަކީ ހައި-އިންޓެންސިޓީ ވޯކްއައުޓެކެވެ. މިއީ ކޮނޑާއި އަތާއި ބަނޑުގެ އިތުރުން ފައިގެ މަސްތަކަށް އޭގެ ފައިދާކުރާ ހަރަކާތެކެވެ. ނަމަވެސް ބައިސްކަލް ދުއްވުމުން ބޮޑަށް އަސަރުކުރަނީ ބަނޑާއި ފައިގެ މަސްތަކަށެވެ.

ބައިސްކަލް ދުއްވުމަކީ އާންމުކޮށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ކުރެވޭ ކަމެކެވެ. ސްކިޕިންގް ރޯޕްސްއަށްވުރެ ބައިސްކަލް ދުއްވުން ހުޅުތަކަށް ކުރާ އަސަރުވެސް ކުޑަ އެވެ. އެއާ ހިލާފަށް ހަރު ތަނެއްގައި ހުރެ ސްކިޕްކުރުމުން އުޅުތަކާއި މަސްތަކަށް އަނިޔާވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ސްކިޕިންގް ރޯޕްސް އިން ސަރުބީ އަނދާ މިންވަރު އިތުރެވެ.

މި ދެ ކަސްރަތަކީވެސް ބަނޑުގައި ޖަހާފައިވާ ސަރުބީ ވިރުވައިދޭ ދެ ކަސްރަތެވެ. ބަނޑުގައި ޖަހާފައިވާ ވިރުވާލެވޭނީ ވަރުގަދަ ހިތްވަރަކާއެކު ދިގު މުއްދަތަކަށް ކަސްތަރު ކުރެވިގެންނެވެ. އެއް ދުވަހު ކަސްރަތުކޮށް އަނެއް ދުވަހު ކަސްރަތުނުކޮށް ހުރެގެން ސަރުބީ ވިރުވުން ވާނީ އުނދަގޫ ކަމަކަށެވެ.