ދުވުމުން ލިބޭ ފައިދާތައް
ދުވުމަކީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ.
ދުވުމަކީ ލޭ ދައުރުވުން ރަނގަޅުކޮށްދޭ ކަމެކެވެ. ދުވުމުގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަވެ އެވެ.
ދުވުމުން ގިނަ އަދަދަކަށް ކެލޮރީ އަނދާ ކަމެކެވެ. ބެލެންސްޑް ޑައިޓަކާއެކު ދުވުމުން ބަރުދަން ލުއިކުރުމަށް އެހީވެދެ އެވެ.
މީގެ އިތުރުން ދުވުމަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކަމެއްގެ އިތުރުން ނިދަން އުނދަގޫވާ މީހުންނަށް ނިދަން ފަސޭހަކޮށްދޭ ކަމެކެވެ.