ކްރުއެލާގެ ރޯލުން ފެނިގެންދާ ބަތަލާ އެމާ ސްޓޯން

"ކްރުއެލާ" ގެ ޓްރެއިލާ ރިލީޒްކޮށްފި

ޑިޒްނީގެ ފިލްމް "ކްރުއެލާ" ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

މި ފިލްމަކީ، ޑިޒްނީ އިން 1961 ވަނަ އަހަރު ގެނެސްދިން "101 ޑަލްމޭޝިއަންސް" ގައި ފެނިގެންދިޔަ ވިލަން، ކްރުއެލާ ޑެވިލްގެ އޮރިޖިނަލް ވާހަކަ ކިޔައިދޭ ފިލްމެވެ. ފިލްމްގައި "ކްރުއެލާ" ގެ ރޯލުން ފެނިގެންދާނީ އެމާ ސްޓޯންއެވެ. ޓްރެއިލާއާއެކު ޑިޒްނީން އިން ހާމަކުރި ގޮތުގައި މި ފިލްމް ރިލީޒްކުރާނީ މިއަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހުއެވެ.

ފިލްމްގެ ޓްރެއިލާ ބެލި ގިނަ މީހުން ވަނީ އެމާ ސްޓޯނަށް ތައުރީފުކޮށްފައެވެ. ހާއްސަކޮށް ކްރުއެލާގެ ޑައިލޮގްތައް އެމާ ގެނެސްދިނީ ވަރަށް ފުރިހަމައަށް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

އެމާ ސްޓޯން ކްރުއެލާގެ ގޮތުގައި ފެނިގެންދާ، ފިލްމްގެ ފުރަތަމަ ޕޯސްޓް ޑިޒްނީއިން ދައްކާލީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. މި ފިލްމުން އެމާ ތޮމްޕްސަން އަދި ޕައުލް ވަލްޓާވެސް ފެނިގެންދާނެއެވެ.