"ސޯނާ" ގެ ނަމުގައި ޕްރިޔަންކާ ހުޅުވާ ރެސްޓޯރަންޓްގެ ނަންބޯޑު: ފޮޓޯ ޕްރިޔަންކާ

ޕްރިޔަންކާ ނިއު ޔޯކްގައި ރެސްޓޯރަންޓެއް ހުޅުވަނީ

ނިއު ޔޯކްގައި ރެސްޓޯރަންޓެއް ހުޅުވަން އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ތައްޔާރުވެއްޖެއެވެ.

ރެސްޓޯރަންޓް ހުޅުވަން ތައްޔާރުވެފައިވާކަން ޕްރިޔަންކާ ހާމަކުރީ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައެވެ. "ސޯނާ" ގެ ނަމުން ނަންދީފައިވާ މި ރެސްޓޯރަންޓް، މި މަހުގެ ފަހުކޮޅު ހުޅުވިގެންދާނެ ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.

އުމުރުން 38 އަހަރުގެ ޕްރިޔަންކާ ބުނި ގޮތުގައި އެ ރެސްޓޯރަންޓްގައި އިސް ޝެފެއްގެ ގޮތުގައި އުޅޭނީ ހަރީ ނަޔަކްއެވެ. އެ ރެސްޓޯރަންޓޫން އިންޑިއާގެ ކާބޯތަކެތި ލިބެން ހުންނާނެ ކަމަށްވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ޕްރިޔަންކާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "މެޓްރިކްސް" ގެ ހަތަރު ވަނަ ފިލްމާއި "ޓެކްސް ފޮ ޔޫ" ހިމެނެއެވެ.