ޗެޓްޖީޕީޓީން ދޮގު މައުލޫމާތު ދިނުމުން ދިމާވާ ނުރައްކާތައް ތަހުގީގު ކުރަނީ
އޯޕަންއޭއައި ޗެޓްޖީޕީޓީން ދޮގު މައުލޫމާތު ދިނުމުގެ ސަބަބުން، ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންނަށް ދިމާވާ ނުރައްކާތަކާ ގުޅޭ ގޮތުން އެމެރިކާގެ ރެގިއުލޭޓަރުން ތަހުގީގެއް ފަށައިފި އެވެ.
އެމެރިކާގެ ފެޑްރަލް ޓްރޭޑް ކޮމިޝަންއިން ވަނީ ޗެޓްޖީޕީޓީ އިން ދޭ ދޮގު މައުލޫމާތުގެ ސަބަބުން މީހުންނަށް ދިމާވާ ނުރައްކާތަކާ ގުޅޭ ގޮތުން އަމަލުކުރާ ގޮތް ސާފުކުރަން އެދިފަ އެވެ.
އޯޕަންއޭއައި ގެ ޗީފް އެގްޒެކެޓިވް ސޭމް އޮލްޓްމަން ވިދާޅުވީ އެ ކުންފުނިން ފެޑްރަލް ޓްރޭޑް ކޮމިޝަނަށް އެއްބާރުލުންދޭނެ ކަމަށެވެ.