ވޮޔޭޖާ 2 -- ފޮޓޯ: ނާސާ

ނާސާއިން ބުނަނީ ވޮޔޭޖާ 2 އާ ގުޅިއްޖެ ކަމަށް

ވޮޔޭޖާ 2 އާ އަލުން ގުޅިފައިވާ ނާސާ އިން ހާމަކޮށްފި އެވެ.

ނުބައި ކޮމާންޑެއް ދެވުމުގެ ސަބަބުން ނާސާ އާއި ވޮޔޭޖާ 2 އާ ގުޅުން ކެނޑުނީ މިދިޔަ ޖުލައި މަހު އެވެ.

ވޮޔޭޖާ 2 އާ އަލުން ގުޅިފައި މިވަނީ އުންމީދުކުރި ވަރަށްވުރެ އަވަހަށް ކަމަށް ނާސާ އިން ވަނީ ބުނެފަ އެވެ. ނާސާ އިން ކުރިން ލަފާކުރީ ވޮޔޭޖާ 2 އާ އަލުން ގުޅޭނީ އޮކްޓޫބަރު މަހު ކަމަށެވެ.

ނާސާ އިން 1977 ވަނަ އަހަރު އުދުއްސާލި ވޮޔޭޖާ 2 މިހާރު އޮތީ ދުނިޔެއާއި އެތައް ބިލިއަން މޭލެއް ދުރުގަ އެވެ.