ހެރީ ޕޮޓާ

ހެރީ ޕޮޓާގެ ވާހަކަ ފޮތްތަކާއި ފިލުމުތަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. މިއީ ހެރީ ޕޮޓާއާއި ގުޅޭ ބައެއް ވާހަކަތަކެވެ.

ހެރީ ޕޮޓާ ވާހަކަ ލިޔެފައިވަނީ، އިނގިރޭސިވިލާތުގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޭ.ކޭ ރޯލިންގެވެ. ހެރީ ޕޮޓާ ވާހަކައިގެ އެންމެ ފަހު ޗެޕްޓާ، ޖޭ.ކޭ ރޯލިންގ ލިޔެފައިވަނީ 1990 ވަނަ އަހަރުއެވެ. އެއީ ހެރީ ޕޮޓާގެ ފުރަތަމަ ފޮތް ނެރުމުގެ ހަތް އަހަރު ކުރިއެވެ.

މި ސީރީޒްގެ ވާހަކަ ފޮތްތައް ވަނީ 70 އަށްވުރެ ގިނަ ބަހަށް ތަރުޖަމާކުރެވި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެރެވިފައެވެ. "ހެރީ ޕޮޓާ" ބްރޭންޑްގެ އަގު ގާތްގަނޑަކަށް 15 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ހެރީ ޕޮޓާގެ މިއުޒިކްތައް ހެދުމަށް މައިކަލް ޖެކްސަން ޝައުގުވެރިކަންފާޅުކުރިއެވެ. ނަމަވެސް އެކަމަށް ޖޭ.ކޭ ރޯލިންގ ވަނީ ދެކޮޅު ހަދާފައެވެ.

ދުނިޔޭގެ މަޝްހޫރު ފަންނާނުންނަށް ޕަޕަރާޒީންގެ އުނދަގޫ ފޯރައެވެ. ހެރީ ޕޮޓާގެ ރޯލުން ފެނިގެން ދިޔަ އެކްޓަރު ޑެނިއަލް ރެޑްކްލިފް ޕަޕަރާޒީން ރުޅި އެރުވުމުގެ ގޮތުން، ހަ މަސް ދުވަސް ވަންދެން އެއް ހެދުމެއް ލާފައެވެ.