ނިދުމާއި ގުޅޭ މި ވާހަކަތައް އެނގޭތަ؟

އިންސާނުންނާއި ޖަނަވާރުންނަށްވެސް ނިންޖަކީ މުހިންމު އެއްޗެކެވެ. ނިދުމާއި ގުޅޭ ގޮތުން ތަފާތު ދިރާސާތައް، ސައިންސްވެރިން ދަނީ ކުރަމުންނެވެ. މި ލިޔުމުގައި މި ބަލާލަނީ ނިދުމާއި ގުޅޭ ގޮތުން "ފެކްޓްސްލައިޑްސް" ގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކަށެވެ.

"ފެކްޓްސްލައިޑްސް" ގައި ފާހަގަކޮށްފައިވާ ގޮތުން، އަލަށް އުފަންވާ ތުއްތު ކުއްޖެއްގެ އުމުރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެ ކުއްޖާގެ ބެލެނިވެރިންނަށް ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ނިދިން މަހުރޫމްވެއެވެ.

ހަތް ގަޑިއިރަށްވުރެ މަދުން ނިދުމަކީ އުމުރު ކުރުވާ ކަމެއް ކަމަށާއި ނިދި މަދުވުމަކީ ބަރުދަން އިތުރުވުމަށް މަގުފަހިވާ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ނިދީގައި ކިނބިހި ނޭޅޭނެ ކަމަށް ބުނެފައިވެއެވެ.

ޖަނަވާރުންނާއި މަސްމަހާމެހި އަދި ސޫފާސޫފީގެ ނިންޖާއި ގުޅޭ ގޮތުންވެސް ތަފާތު ހޯދުންތައް ވަނީ ހޯދާފައެވެ. ބުޅަލަކީ އެ ސޮރުގެ އުމުރުގެ ގާތްގަނޑަކަށް 70 އިންސައްތަ ނިދުމުގައި ހޭދަކުރާ ޖަނަވާރެކެވެ. ފިނިހަކައަށް ތިން އަހަރު ދުވަސް ވަންދެން ނިދިދާނެއެވެ.