އައްސުލްތާން މުހައްމަދު އިމާދުއްދީން 6 ރަސްކަމުން އަޒުލް ކުރެއްވުން

ދިވެހިރާއްޖޭގެ ތަހުތުގައި އިންނެވި ރަސްގެފާނު އައްސުލްތާން މުހައްމަދު އިމާދުއްދީން (6) ރަސްކަމުން އަޒުލް ކުރެވުނީ އެ ރަސްގެފާނު ސުވޭހު ކައިވެނިފުޅަށްޓަކައި މިސްރުގައި ހުންނަވަނިކޮށެވެ.

ބޮޑު ވަޒީރަކަށް ހުންނެވީ އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ. ނަމަވެސް ބޮޑުވަޒީރެއްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެ އުޅުއްވާތީ ފެންނަނީ އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ދަރިކަލުން އަލްއަމީރު އަބްދުލްމަޖީދު ދީދީއެވެ.

އަލްސުލްތާން މުހައްމަދު އިމާދުއްދީން 6 ރަސްކަމުން އަޒުލް ކުރުމުގެ ހުރިހާ ހަރަކާތެއް ހިންގެވީ އަބްދުލް މަޖީދު ދީދީ އިސްވެ ހުންނަވައިގެން މީލާދީ ގޮތުން 1903 ވަނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ، ހިޖުރީ ގޮތުން 1320 ވަނަ އަހަރުގެ ޙައްޖުމަހުގެ 11 ވިލޭރޭ މެންދަމުން ފަސްވީތަނާއެވެ.

މައުލޫމާތު: ދިވެހި ތާރީހަށް އައުއަލިކަމެއް

ފޮޓޯ: އަލްސުލްތާން މުހައްމަދު އިމާދުއްދީން