ސްޓެލްކޯގެ އެޕްރެންޓިސްޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ އެޕްރެންޓިސްޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްޓެލްކޯ އިން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ އިންޖިނިއަރިން އަދި ބިޒްނަސް ދާއިރާއިން އެޕްރެންޓިސްޝިޕް ފުރިހަމަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

ޖުމްލަ 10 ފުރުސަތު ހުޅުވާލާފައިވާއިރު، އެޕްރެންޓިސްޝިޕްގެ މުއްދަތަކީ ފަސް މަސް ދުވަސް ކަމަށާއި އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ލިބޭނެ ކަމަށް ސްޓެލްކޯގެ އިއުލާނުގައިވެއެވެ.

އެޕްރެންޓިސްޝިޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ފެންވަރު އަދި ޝަރުތު ހަމަވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް ސްޓެލްކޯގެ ހެޑް އޮފީހަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 14:30 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.