ބޮޑެތި ފިލްމްތައް ޑައިރެކްޓްކުރުމުގައި އަންހެނުން ކުރި ހޯދަނީ

ހޮލީވުޑްގައި އެންމެ ކުރިން ފެށިގެން ފާހަގަ ކުރެވޭ އެއް ކަމަކީ، ފިލްމް ޑައިރެކްޝަންގައި މުޅިން ކަހަލަ ގޮތަކަށް އުޅެނީ ފިރިހެނުންކަމެވެ. ކަން އަދިވެސް އޮތީ އެހެންނެވެ. ނަމަވެސް 2019 ވަނަ އަހަރު ވެގެން ދިޔައީ މި ކަމަށް ފާހަގަކޮށްލެވޭ ބަދަލެއް އައި އަހަރަކަށެވެ.

ފިލްމީ ދާއިރާ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން މިދިޔަ އަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރެއިން 10 އިންސައްތަ ފިލްމްގެ ޑައިރެކްޝަންގައި އަންހެނުންގެ ބައިވެރިވުން ހިމެނެއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު ދެ ގުނަ އިތުރުވުމެކެވެ.

މިދިޔަ އަހަރު ރިލީޒްކުރި އެނިމޭޓެޑް ފިލްމް "އޮބޯމިނަބަލް" އާއި ފިލްމް "ލިޓްލް" އަދި ފިލްމް "ލިޓްލް ވޮމެން" ގެ ޑައިރެކްޓަރަކީ އަންހެނުންނެވެ.

އޭގެ އިތުރުން މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "ކެޕްޓަން މާވެލް" އާއި "ފްރޯޒަން 2" ޑައިރެކްޝަންގައި އަންހެނުން ބައިވެރިވެފައިވެއެވެ.

ފިލްމީ ދާއިރާ ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުން، ފިލްމް ޑައިރެކްޓްކުރުން އަންހެނުންނަށް ދިނުމުގައި މިދިޔަ އަހަރު އެންމެ ކުރީގައި އުޅެނީ ޔުނިވާސަލް ޕިކްޗާސްއެވެ.