ސިންގަލްކޮށް ހުރި ނަމަވެސް އެންޖެލީނާ ހުރީ އުފަލުން
ހޮލީވުޑްގެ ކާމިޔާބު އެކްޓްރެސް އެންޖެލީނާ ޖޯލީ އާއި އެކްޓަރު ބްރެޑް ޕިޓްގެ ކައިވެނި ރޫޅިގެން ގޮސްފައިވާއިރު، އެންޖެލީނާ މިހާތަނަށް ލޯބީގެ ގޮތުން އެއްވެސް ފަރާތަކާ ގުޅިފައި ނުވެއެވެ.
އެންޖެލީނާ އާއި ގާތް މަސްދަރަކާއި ހަވާލާދީ "ހޮލީވުޑްލައިފް" އިން ރިޕޯޓްކޮށްފައިވާ ގޮތުން، ސިންގަލްކޮށް ހުރި ނަމަވެސް އެންޖެލީނާ ހުރީ ވަރަށް އުފަލުންނެވެ. ދަރިންނަށާއި މަސައްކަތަށް ވަގުތު ހޭދަ ކުރުމަށް އެންޖެލީނާ ބޭނުންވާއިރު "ރޮމޭންޓިކް ރިލޭޝަންޝިޕް" އެއް އޭނާއަށް ބޭނުން ނުވާ ކަމަށްވެއެވެ.
ބްރެޑް ޕިޓް އާއި އެންޖެލީނާއަށް ތިން ކުދިން ލިބިފައިވެއެވެ. އަދި އެޑޮޕްޓްކޮށްގެން އިތުރު ތިން ކުއްޖަކު ދަނީ ބަލަހައްޓަމުންނެވެ. ދެ ތަރިންގެ ކައިވެނި ރޫޅިފައިވާއިރު އެ ހަ ކުދިންގެ ބަލަހައްޓަމުން ދަނީ އެންޖެލީނާއެވެ.
އެންޖެލީނާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމްތަކުގެ ތެރޭގައި އޭނާ ލީޑް ރޯލުން ފެނިގެންދާ "މެލެފިސެންޓް 2" ހިމެނެއެވެ. އެންޖެލީނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ކަމް އަވޭ" އަދި "ދޯޒް ހޫ ވިޝް މީ ޑެޑް" ހިމެނެއެވެ.
އެންޖެލީނާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމްތަކުގެ ތެރޭގައި އެންޖެލީނާ ލީޑް ރޯލުން ފެނިގެންދާ "މެލެފިސެންޓް 2" ހިމެނެވެ. އެންޖެލީނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ކަމް އަވޭ" އަދި "ދޯޒް ހޫ ވިޝް މީ ޑެޑް" ހިމެނެއެވެ.