ޖޯން ސީނާ

ފާސްޓް އެންޑް ފިއުރިއަސް ފްރެންޗައިޒަށް ޖޯން ސީނާ

"ފާސްޓް އެންޑް ފިއުރިއަސް" ގެ 9 ވަނަ ފިލްމުން، މަޝްހޫރު ރެސްލާ ޖޯން ސީނާ ފެނިގެންދާނެ ކަމަށް ފިލްމް ޕްރޮޑިއުސް ކުރާ ޔުނިވާސަލް ޕިކްޗާސް އިން ބުނެފިއެވެ.

ފިލްމުން ފުރުސަތު ލިބިގެން ދިއުމާއި ގުޅިގެން އެއީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ޖޯން ސީނާ ވަނީ ބުނެފައެވެ.

"ފާސްޓް އެންޑް ފިއުރިއަސް" ގެ 9 ވަނަ ފިލްމަކީ ޑެން ކޭސީގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ފިލްމްތަކެއް މީގެ ކުރިންވެސް ޑައިރެކްޓްކޮށްފައިވާ ޖަސްޓިން ލިންެއެވެ.

އަންނަ އަހަރުގެ މޭ މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ވިން ޑީޒެލް، މިޝޭލް ރޮޑްރިގޭޒް، ޓައިރީސީ ގިބްސަން ހިމެނެވެ.