އަރްޖުން ކަޕޫރް - ފައިލް ފޮޓޯ ފޭސްބުކް

އަރްޖުން ކަޕޫރް އެޕާޓްމެންޓެއް ގަނެފި

އިންޑިއާގެ އެކްޓަރު އަރްޖުން ކަޕޫރް، މުމްބާއީއިން އެޕާޓްމެންޓެއް ގަނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، އަރްޖުން ގަނެފައިވަނީ ހަތަރު ކޮޓަރި އާއި ފާހާނާ ހުންނަ އެޕާޓްމެންޓެކެވެ.

އަރްޖުން ގަތް އެޕާޓްމެންޓް ހުންނަނީ ޝާހްރުކް ޚާން، ކަރީނާ ކަޕޫރް އަދި އާމިރް ޚާން ފަދަ ފަންނާނުން ދިރިއުޅޭ ގެތައް ހުންނަ ސަރަހައްދުގައެވެ. އޭގެ އިތުރުން އަރްޖުންގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ދިރިއުޅޭ ގެވެސް ހުންނަނީ އަރްޖުން ގަތް އެޕާޓްމެންޓާއި ވަަރަށް ކައިރީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަންވެސް ވަނީ ދާދިފަހުން މުމްބާއީއިން 5184 އަކަފޫޓްގެ އެޕާޓްމެންޓެއް ގަނެފައެވެ.