ޕޮކިމޮން ޑިޓެކްޓިވް ޕިކަޗޫގެ މަންޒަރެއް

"ޕޮކިމޮން ޑިޓެކްޓިވް ޕިކަޗޫ" ގެ ދެވަނަ ޓްރެއިލާ ބަލާލައިފިންތަ؟

މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އެނިމޭޓެޑް ފިލުމު "ޕޮކިމޮން ޑިޓެކްޓިވް ޕިކަޗޫ" ގެ ދެވަނަ އޮފިޝަލް ޓްރެއިލާ އާންމުކޮށްފިއެވެ.

ވޮރނާ ބްރޯސް، ޕިކްޗާސް އާއި ލެޖެންޑަރީ ޕިކްޗާސް އަދި ދަ ޕޮކިމޮން ކޮމްޕެނީން ޕްރޮޑިއުސްކުރާ މި އެނިމޭޓެޑް ފިލުމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގައެވެ.

މި ފިލުމުގައި ދަށްކުވައިދޭނީ ޒުވާނަކު، އޭނާގެ ބައްޕަ ގެއްލުނުގޮތް ތަހުގީގު ކުރުމަށް ޑިޓެކްޓިވް ޕިކަޗޫއާއި ގުޅިގެން ކުރާ މަސައްކަތުގައި ދިމާވާ ކަންކަމެވެ. ޕިކަޗޫގެ އިތުރުން ޕޮކިމޮން ކާޓޫނުން ފެނިގެން ދިޔަ ބައެއް ކެރެއްޓާތައްވެސް މި ފިލުމުން ފެނިގެންދާނެއެވެ.

ފިލުމުގައި ޕިކަޗޫގެ ކެރެކްޓާއަށް އަޑުއަޅާ ދީފައިވަނީ ރައިއާން ރޭނޯލްޑެވެ. މި ފިލުމުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ސުކި ވޮޓަހައުސް އާއި ކެތުރީން ނިއުޓޮން އަދި ޖަސްޓިސް ސްމިތު ހިމެނެއެވެ.