މެރިބެލް ވާރޑޫ

ބެރީގެ މަންމަގެ ރޯލަށް މެރިބެލް

ފިލްމް "ދަ ފްލޭޝް" ގައި ބެރީ އެލަންގެ މަންމަގެ ރޯލަށް ސްޕެއިންގެ ބަތަލާ މެރިބެލް ވާރޑޫ ހަމަޖައްސައިފިއެވެ.

އެންޑީ މަސްޗިއެޓީ ޑައިރެކްޓްކުރާ މި ފިލްމްގެ ޝޫޓިން އިންގްލެންޑްގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގައި ބެރީ އެލަންގެ ބައްޕަގެ ރޯލަށް ހަމަޖެއްސި ބަތަލު ބިލީ ކްރޫޑަޕް މިހާރު ވަނީ ފިލްމުން ވަކިވެފައެވެ.

ފިލްމްގައި ދަ ފްލޭޝް ނުވަތަ ބެރީ އެލަންގެ ރޯލުން ފެނިގެންދާނީ އެޒްރާ މިލާއެވެ. ފިލްމްގައި ބެޓްމޭންގެ މަލްޓިވާސް ވާޝަންގެ ގޮތުގައި އެކްޓަރު ބެން އެފްލެކް އާއި މައިކަލް ކީޓޮން ފެނިގެންދާނެއެވެ. ފިލްމްގައި ސުޕަގާލްގެ ރޯލަށް ސާޝާ ކާލިއޭ ވަނީ ހަމަޖައްސާފައެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.