ދިވްޔާ

51000 ރުޕީސްގެ ކަރަންޓް ބިލެއް ލިބުމުން ދިވްޔާއަށް ޝޮކެއް

އިންޑިއާގެ އެކްޓްރެސް ދިވްޔާ ދުއްތާއަށް ލިބުނު ކަރަންޓް ބިލް ބޮޑުވުމުގެ ސަބަބުން، އޭނާއަށް މިވަނީ ބޮޑު ހައިރާން ކަމެއް ލިބިފައެވެ. ދިވްޔާ ހާމަކުރި ގޮތުގައި ކަރަންޓް ބިލަށް 51000 ރުޕީސް އަރާފައިވެއެވެ.

ދިވްޔާ ކުރި ޓްވީޓެއްގައި، ކަރަންޓް ބިލަށް އެ އަދަދު އެރީ ކީއްވެގެންތޯ ޓާޓާޕަވާ އާ ވަނީ ސުވާލުކޮށްފައެވެ. އެ ޓްވީޓަށް ޖަވާބު ދެމުން ޓާޓާޕަވާ އިން ވަނީ ކޮންސިއުމާ ނަންބަރާއި ގުޅޭނެ ނަންބަރެއް ޑީއެމް ކުރުމަށް އެދިފައެވެ. އެ މައުލޫމާތު ދިވްޔާ ފޯރުކޮށްދިނުމުން ޓާޓާޕަވާއިން ވަނީ ދިވްޔާއަށް ގުޅާފައެވެ.

އުމުރުން 42 އަހަރުގެ ދިވްޔާ ބުނީ ޓާޓާޕަވާ އިން ގުޅާފައިވާ ކަމަށާއި މިފަދަ "ޝޮކެއް" މުސްތަގުބަލުގައި ނުލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މުމްބާއީގައި މިދިޔަ މަހުގެ ކަރަންޓް ބިލު ބޮޑުވެގެން، ބޮލީވުޑްގެ ބައެއް ފަންނާނުން ވަނީ އެކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އެކްޓްރެސް ތާޕްސީ ޕަންނޫ ހިމެނެއެވެ.