ވާން ބޭނުންވަނީ މަސައްކަތްތެރި މަންމައަކަށް: ނެހާ

އެންމެ ބޮޑު އިސްކަމެއް ދޭނީ ދަރިފުޅަށް ކަމަށާއި ނަމަވެސް ވާން ބޭނުންވަނީ މަސައްކަތްތެރި މަންމައަކަށް ކަމަށް އިންޑިއާގެ ފިލްމީ ތަރި ނެހާ ދޫޕިއާ ބުނެފިއެވެ.

ނެހާ ދޫޕިއާގެ ފުރަތަމަ ދަރިފުޅު، މެހެރް ދޫޕިއާ ބެދީ އުފަންވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ދަރިފުޅަށް ތިން މަސް ފުރިފައިވާއިރު ނެހާ މިހާރު ވަނީ ފިލްމީ ދާއިރާގެ މަސައްކަތަށް ނުކުމެފައެވެ.

އިންޑިއާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ނެހާ ބުނީ އޭނާ ބަލިވެއިން އިރު ވަރަށް ގިނަ މީހުން ވަރަށް ތަފާތު ވާހަކަތައް ހިއްސާކުރި ކަމަށެވެ.  އެގޮތުން ދަރިއަކު ލިބުމުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އެ މީހުން ބުނި ކަމަށް ނެހާ ބުންޏެވެ.

"އަހަރެން މިހާރު ބޭނުން ދުވާލެއްގައި 48 ގަޑިއިރުވުމަށް. އެއް ވަގުތެއްގައި ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި." ނެހާ ބުންޏެވެ.

ނެހާ ބުނީ މަސައްކަތްތެރި އެތައް މަންމައިންނެއް އެބަ އުޅޭ ކަމަށާއި އެފަދަ ކޮންމެ މީހަކީވެސް އާދަޔާ ހިލާފު ހުނަރުވެރިއެއް ކަމަށެވެ. ގާތް އެކުވެރިންގެ ތެރޭގައިވެސް މަސައްކަތްތެރި މަންމައިން ތިބިކަން ފާހަގަކޮށް ނެހާ ބުނީ އެފަދަ މީހުންގެ ކިބައިން ހިތްވަރާއި ތަޖުރިބާ ހޯދަމުންދާ ކަމަށެވެ.

ނެހާ ފެނިގެންދިޔަ ބައެއް ފިލުމުތަކުގެ ތެރޭގައި "ހެލިކޮޕްޓާ އީލާ" އާއި "ލަސްޓް ސްޓޯރީޒް" އާއި "ރަޝް" ހިމެނެއެވެ.

ކުރަފި

ރާއްޖޭގަ ނޫނަސް، ގޭދޮށު އެންމެންގެ ކަރަންޓް ބިލު އާދޭތާ ދޯ؟ މަޝްހޫރު މީހެއްގެ ގޯތި ކަރަންޓް ބިލުވީމަ މާފުވެސް ކޮށްދީފާނެތޯޗެ