ރަންވީރު ލައިގެން ހުރި ކުރުތާއަށް ގިނަ ބައެއްގެ ތައުރީފު

ބޮލީވުޑްގެ އެކްޓަރު ރަންވީރް ސިންގް ލައިގެން ހުރި ކުރުތާއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ކައިވެނި ހަފުލާއެއްގައި ބައިވެރިވުމަށް މިވަގުތު އަބޫ ދާބީގައި ހުރި ރަންވީރް ލައިގެން ހުރީ ރަންކުލައިގެ ޑިޒައިންތަކެއް ހުރި ކުރުތާއެކެވެ. އެ ކުރުތާ ލައިގެންހުރެ ނަގާފައިވާ ފޮޓޯތައް ރަންވީރް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ފޮޓޯއަށް ކޮމެންޓްކުރި ގިނަ މީހުން ވަނީ، އެ ކުރުތާ ރަންވީރްއާ ވަރަށް ގުޅޭ ކަމަށް ބުނެފައެވެ.

ބަތަލާ ދީޕިކާ ޕަދުކޯން އާއި މިދިޔަ އަހަރު ކައިވެނިކުރި ރަންވީރް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިމަހު ރިލީޒްކުރި ފިލްމް "ގުލީ ބޯއީ" އިންނެވެ. އެ ފިލްމަށް 100 ކްރޯޑް ރުޕީސް ލިބިފައިވާއިރު، އެ ފިލުމަށް ބޮލީވުޑްގައި އަދިވެސް ދަނީ ތަރުހީބު ލިބެމުންނެވެ.