އިރްފާންގެ ފިލްމެއް ސިނަމާތަކަށް

އިރްފާން ޚާންގެ ރިލީޒް ނުކުރެވި އޮތް ފިލްމް "ދަ ސޯންގް އޮފް ސްކޯޕިއަންސް" މިމަހު ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމް ސިނަމާތަކުގައި ދައްކަން ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

މި ފިލްމް މި ރިލީޒްކުރަނީ އޭނާ މަރުވިތާ ތިން އަހަރު ފުރުމާއި ދިމާކޮށެވެ. އިރްފާން މަރުވީ އެޕްރީލް 29، 2020 ވަނަ ދުވަހު އެވެ.

ފިލްމްގެ ޑައިރެކްޓްކޮށްފައިވަނީ އިރްފާންގެ ފިލްމް "ގިސާ: ދަ ޓޭލް އޮފް އަ ލޯންލީ ގޯސްޓް" ގެ ޑައިރެކްޓަރު އަނުޕް ސިންގް އެވެ.