ޗުއްޓީ ހޭދަކޮށްލުމަށް ސޯނަމް ކަޕޫރު ރާއްޖެ އަތުވެއްޖެ

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އާނަންދު، ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

ސޯނަމްގެ ކޮއްކޮ ރިއާ ކަޕޫރާއި ރިއާގެ ލޯބިވެރިޔާ އަދި އިންޑިއާގެ ފިލްމް ޕްރޮޑިއުސަރު ކަރަން ބުލާނޫވެސް ވަނީ ސޯނަމްގެ ދެމަފިރިންނާއެކު ރާއްޖެ އައިސްފައެވެ.

އެނގިފައިވާ ގޮތުން އެ މީހުން ރާއްޖެ އައިސްފައިވަނީ ބުލާނޫގެ އުފަންދުވަސް ފާހަގަކުރުމަށެވެ. އެ މީހުން ޗުއްޓީ ހޭދަ ކުރަމުންދަނީ ބ. އަތޮޅުގައި އޮންނަ ސޮނޭވާފުށި ބައި ސިކްސް ސެންސަސް ރިސޯޓުގައެވެ.

ރިސޯޓުގައި ހުރެ ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އެ މީހުންވެސް ދަނީ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރަމުންނެވެ.