ލަވަކިޔުންތެރިޔާ އެލީޝާ ރާއްޖޭގައި
އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެލީޝާ ޑިސަން ރާއްޖެ އަތުވެއްޖެއެވެ.
އެލީޝާ ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. އޭނާ މިހާރު ހުރީ ލަކްސްގެ އާ ރިސޯޓް ކަމުގައިވާ ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓުގައެވެ.
އެ ރިސޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ރިސޯޓު ހުޅުވުމުގެ ހަރަކާތްތައް ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައިވާއިރު ދުނިޔޭގެ މަޝްހޫރު ބައެއް ފަރާތްތަކުން އެ ހަރަކާތުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ރިސޯޓުގައި ހުރެ ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އެލީޝާ ވަނީ އެ ރިސޯޓުގައި ދުވަސްކޮޅެއް ހޭދަކުރާނެ ކަން ހާމަކޮށްފައެވެ. އެލީޝާ ވަނީ މީގެ ކުރިންވެސް ރާއްޖެ ޒިޔާރަތްކޮށްފައެވެ.