ޖެމާ އާއި ޑޮމިނިކް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި

އިނގިރޭސިވިލާތުގެ އެކްޓްރެސް ޖެމާ ޗެން އާއި އެކްޓަރު ޑޮމިނިކް އެޑްވާޑް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ.

ޖެމާ އާއި ޑޮމިނިކް ޗުއްޓީ ހޭދަކޮށްފައިވަނީ ހުވަފެންފުށި ރިސޯޓުގައެވެ. އެނގިފައިވާ ގޮތުން ޖެމާ އާއި ޑޮމިނިކް ރާއްޖެ އައިސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ނަގާފައިވާ ފޮޓޯތައް ޖެމާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ ޖެމާ، ރިސޯޓުގެ ގޮނޑުދޮށުގައި ހުރެ މަޑިތަކަކަށް ކާންދޭ ފޮޓޯއަށެވެ.

ޖެމާ އާއި ޑޮމިނިކް ލޯބީގެ ގޮތުން ގުޅިފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.