ކޮއްކޮއާއެކު ލިންޑްސޭ ރާއްޖޭގައި

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ލިންޑްސޭ ލޯހަން، ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެއެވެ.

ލިންޑްސޭ ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އޭނާގެ ކޮއްކޮ އަދި އެކްޓްރެސް އަލިއާނާ ލޯހަންއާއެކުއެވެ. ލިންޑްސޭ އާއި އަލިއާނާ ޗުއްޓީ ހޭދަކުރަމުން ދަނީ ބ. އަތޮޅުގައި އޮންނަ އަމިއްލަ ފުށި ރިސޯޓުގައެވެ.

އުމުރުން 32 އަހަރުގެ ލިންޑްސޭ ކުޅެފައިވާ ބައެއް ފިލުމުތަކުގެ ތެރޭގައި މީން ގާލްސް، ދަ ޕޭރަންޓް ޓްރެޕް ހިމެނެއެވެ.