މަލައިކާ އާއި ސޯފީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފި
އިންޑިއާގެ ފިލްމީ ދެ ތަރިން ކަމުގައިވާ މަލައިކާ އަރޯރާ އަދި ސޯފީ ޗޯދްރީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ.
ސޯފީ ޗުއްޓީ ހޭދަކޮށްފައިވަނީ ނަލަދޫ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްގައެވެ. ނަމަވެސް މަލައިކާ އަރޯރާ ޗުއްޓީ ހޭދަކުރީ ކޮން ރިސޯޓެއްގައިކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
އެ ދެ ތަރިންވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރިއިރު ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ޗުއްޓީ ހޭދަކުރުމަށްފަހު ދެ ތަރިންވެސް މިހާރު ވަނީ ރާއްޖެއިން ފުރާފައެވެ.