ފިލްމް މާމުއިގެ މަންޒަރެއް: ފޮޓޯ ފިލްމް މާމުއި

ފިލްމް "މާމުއި" ގެ ޕްރޮމޯޝަނަލް ލަވައެއް އީދު ދުވަހު ނެރެނީ

ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކުރިއަށް އޮތް ފިލްމް "މާމުއި" ގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވައެއް އީދު ދުވަހު ނެރުމަށް ނިންމައިފިއެވެ.

އީދު ދުވަހު ނެރުމަށް ހަމަޖެހިފައިވަނީ "ރޭ ރޭ" މި ލަވައެވެ. މި ލަވަ ކިޔައިދީފައިވަނީ ހައްވާ އަަޝްރާއެވެ. ލަވައިގެ މިއުޒިކް އާއި މިކްސިންގް އަދި މާސްޓަރިންގް ހަދައިދިނީ ފަތޯއެވެ. ލަވައިގެ ލިރިކްސް އަދި މެލޮޑީ ތައްޔާރުކޮށްދިނީ އަބްދުއް ރައުފެވެ.

ފިލްމް "މާމުއި" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި  އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. މި ފިލްމްގެ ތަރިންގެ ތެރޭގައި ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، ނުޒުހަތު ޝުއައިބް (ނުޒޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެއެވެ.

މި ފިލްމްގެ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު، އެކްޓަރު އަހުމަދު ޝާކިރު ޕްރައިވެޓް ޖެޓަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބާ މަންޒަރު ފެނެއެވެ.