ފިލްމް "މާމުއި" ގެ ބައެއް ތަރިން: ފޮޓޯ "މާމުއި" ފޭސްބުކް ޕޭޖް

"މާމުއި" ގެ ޓިކެޓް ވިއްކުން ހޯމަ ދުވަހު

ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމް "މާމުއި" ގެ ޓިކެޓް ހޯމަ ދުވަހުން ފެށިގެން ވިއްކަން ހަމަޖެހިއްޖެއެވެ.

ފިލްމްގެ އެއް ޕްރޮޑިއުސަރު، މުހައްމަދު އަލީ (މޮގާ) ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ހޯމަ ދުވަހުން ފެށިގެން އޮލިޕްމަސްގެ ޓިކެޓް ކައުންޓަރުން ފިލްމްގެ ޓިކެޓް ވިއްކަމުންދާނެ ކަމަށެވެ.

"މާމުއި" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ ޕްރޮޑިއުސަރުންނަކީ މޮގާ އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. މި ފިލްމްގެ ތަރިންގެ ތެރޭގައި ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، ނުޒުހަތު ޝުއައިބް (ނުޒޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެއެވެ.

މި ފިލްމްގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވައެއް އީދު ދުވަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ. ޕްރޮމޯޝަނަލް ވީޑިއޯ ލަވަ "ރޭ ރޭ" ކިޔައިދީފައިވަނީ ހައްވާ އަޝްރާއެވެ. ލަވައިގެ މިއުޒިކް އާއި މިކްސިންގް އަދި މާސްޓަރިންގް ހަދައިދިނީ ފަތޯއެވެ. ލަވައިގެ ލިރިކްސް އަދި މެލޮޑީ ތައްޔާރުކޮށްދިނީ އަބްދުއް ރައުފެވެ.