ޑާކްރެއިންގެ "ނޮވެމްބަރު" ގެ ޕްރި ޕްރޮޑަކްޝަން މަސައްކަތް ފަށައިފި

ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކުރިއަށް އޮތް ފިލްމް "ނޮވެމްބަރު" ގެ ޕްރި ޕްރޮޝަކްޝަންގެ މަސައްކަތް ފަށައިފިއެވެ.

މި ފިލްމްގެ ކާސްޓުންގެ ތެރޭގައި އިސްމާއިލް ވަޖީހް، މުހައްމަދު ޖުމައްޔިލް ނިމާލް، މަރިޔަމް މަޖުދާ ހިމެނެއެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ފިލްމް "ނޮވެމްބަރު" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. "ނޮވެމްބަރު" ގެ ނަމުގައި ފިލްމެއް އުފައްދަން ނިންމާފައިވާކަން ޑާކްރެއިން އިން ވަނީ މިދިޔަ އަހަރު އިއުލާނުކޮށްފައެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމެންޓް އިން އެންމެ ފަހުން ގެނެސް ދިން ފިލްމް "މާމުއި" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އޮލިމްޕަސް ސިނަމާގައި ކާމިޔާބު ޝޯތަކެއް ދައްކާފައިވާއިރު، މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ފިލްމްގެ ޝޯތައެއް ދެއްކުމަށް ވަނީ ތައްޔާރުވެފައެވެ.