ފިލްމް މާމުއިގެ މަންޒަރެއް: ފައިލް ފޮޓޯ މާމުައި ފޭސްބުކް ޕޭޖް

"މާމުއި" ގެ ޓްރައިލާ މާދަމާ ރޭ

ކާމިިޔާބު ފިލްމްތަކެއް ބެލުން ތެރިންނަށް ގެނެސްދީފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކުރިއަށް އޮތް ފިލްމް "މާމުއި" ގެ ރަސްމީ ޓްރެއިލަރ މާދަމާ ރިލީޒް ކުރާނެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެފިއެވެ.

ކޮމެޑީ ފިލްމް "މާމުއި" ގެ ރަސްމީ ޓްރެއިލަރ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުންނަށް ފެންނާނީ މާދަމާ ރޭ 21:00 ގެ ފަހުންނެވެ.

އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި ޖުމައްޔިލް ނިމާލް، މަރިޔަމް އައްޒަ، މަރިޔަމް މަޖުދާ (މަޖޫ)، ނުޒުހަތު ޝުއައިބް (ނުޒޫ) ހިމެނެއެވެ. މީގެ އިތުރުންވެސް ގިނަ ތަރިންތަކެއް މި ފިލުމުން ފެނިގެންދާނެއެވެ.