ފިލްމް މާމުއިގެ މަންޒަރެއް: ފައިލް ފޮޓޯ މާމުއި ފޭސްބުކް ޕޭޖް

ފިލްމް "މާމުއި" ގެ ޓްރެއިލަރ ރިލީޒްކޮށްފި

ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމް "މާމުއި" ގެ ރަސްމީ ޓްރެއިލަރ ރިލީޒްކޮށްފިއެވެ.

ޓްރެއިލާ ރިލީޒްކޮށްފައިވަނީ ރޭ އޮލިމްޕަހުގައި ބޭއްވި މީޑިއާ އިވެންޓެއްގައެވެ. ޓްރެއިލަރ ރިލީޒްކޮށްދިނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގެވެ.

ފިލްމްގެ ޕްރޮޑިއުސަރު، މުހައްމަދު އަލީ (މޮގާ) ބުނި ގޮތުގައި "މާމުއި" ފިލްމަކީ ރާއްޖޭގައި މިހާތަނަށް އުފައްދާ އެންމެ އަގު ބޮޑު ފިލްމެވެ. އަދި ފިލްމަށް ކުރެވޭ އުންމީދު ބޮޑު ކަމަށްވެސް ބުންޏެވެ.

"މާމުއި" ގެ ކާސްޓުންގެ ތެރޭގައި ޖުމައްޔިލް ނިމާލް، މަރިޔަމް އައްޒަ، މަރިޔަމް މަޖުދާ (މަޖޫ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހިމް ޝާފިއު (ފުބޫ) ހިމެނެއެވެ.