ޖޫސް ވޯލްޑް

ޖޫސް ވޯލްޑްގެ ޖެޓުން މަސްތުވާތަކެއްޗާއި ހަތިޔާރު ފެނިއްޖެ

އާދިއްތަ ދުވަހު މަރުވި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޖޭރެޑް އެންތަނީ، މަޝްހޫރު ނަމުންނަމަ ޖޫސް ވޯލްޑްގެ ޕްރައިވެޓް ޖެޓުން މަސްތުވާތަކެއްޗާއި ހަނގުރާމަވެރި ހަތިޔާރު ފެނިއްޖެއެވެ.

އެމެރިކާގެ ޗިކާގޯގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ބުނި ގޮތުގައި، މަނާ ކުރެވިފައިވާ ތަކެއްޗާއެކު އެ ޖެޓު އުދުހެމުންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ފަރާތްތަކުން އިންތިޒާރު ކުރަމުން ދިޔައީ އެ ޖެޓު ޖައްސާނެ ވަގުތަކަށެވެ.

ޗިކާގޯގެ ފުލުހުން ބުނި ގޮތުގައި އެ ޖެޓުން، 41 ޕެކެޓް މެރުއާނާ އާއި ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ބޭނުންކުރުމުގެ ހުއްދަ ދެވިފައިވާ، ބޭސްފުޅިތަކެއް ފެނިފައިވެއެވެ. އޭގެ އިތުރުން 9އެމްއެމް ގެ ދެ ފިސްތޯލަ އާއި 40 ކެލިބާ ފިސްތޯލަ ފެނިފައިވެއެވެ.

ޖޫސް ވޯލްޑްގެ ޖެޓުގައި ހަތިޔާރު އުފުލި ކަމުގެ ތުހުމަތު، ޗިކާގޯގެ ފުލުހުން ކުރަނީ ދެ މީހަކަށެވެ. އެ ދެ މީހުންނަކީ ޖޫސް ވޯލްޑްގެ ސެކިއުރިޓީންގެ ގޮތުގައި މަސައްކަތްކުރި ދެ މީހުންނެވެ.