"ޝާރލޮކް ހޯމްސް 3" އުފެއްދުމުގެ މަގުމަތީގައި

ވާނާ ބްރޯސްއިން ޝާރލޮކް ހޯމްސް އުފައްދަން ހިޔާލު ކުރިކަމުގައިވިޔަސް، ކުރިން ޝާރލޮކް ހޯމްސްގެ 2 ފިލްމްގައި އުޅުނު ރޮބާރޓް ޑައުނީ ޖޫނިޔާއަށް ވަގުތު ނުވުމުން ފިލްމުގެ މަސައްކަތް އޮތީ ނުފެށިއެވެ. މިހާރު މި ފިލްމަށް ޑައިރެކްޓަރެއްވެސް ވަނީ ހަމަޖެހިފައެވެ.

ކުރިން ނުކުތް "ޝާރލޮކް ހޯމްސް" (2009)، އަދި "ޝާރލޮކް ހޯމްސް: އަ ގޭމް އޮފް ޝެޑޯސް" ޑައިރެކްޓްކުރީ ގާއީ ރިޗީއެވެ. ނަމަވެސް 3 ވަނަ ފިލްމު ޑައިރެކްޓް ކުރަން ހަމަޖެހިފައިވަނީ ޑެކްސްޓާރ ފްލެޗާއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރޮބާރޓް ޑައުނީ ޖޫނިއަރ، މާވެލްގެ އަޔަންމޭން ކެރެކްޓާ ނޫން އެހެން ކެރެކްޓާއެއްގެ ގޮތުގައި ފެނިފައިވަނީ ވަރަށް މަދުންނެވެ.

ކްރިސް ބްރަންކަޓޯ ފިލްމުގް ސްކްރިޕްޓް ލިޔަން ހަމަޖެހިފައިވާއިރު މިއީ ވިލެޖް ރޯޑްޝޯ އާއި ވާނާ ބްރޯސް ގުޅިގެން އުފައްދާ ޕްރޮޑަކްޝަން އެކެވެ. ކުރިން ފިލްމުތަކުގައި ޕްރޮފެސަރ ވަޓްސަން ގެ ރޯލަށް އެނބުރި އަންނާނެ ކަމަށް ލަފާކުރެވެއެވެ.

މިފިލްމު ސިނަމާތަކާއި ހަމައަށް ނެރެވޭނެ ކަމަށް ބަލަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.