ފިލްމް ގުލާބޯ ސިތާބޯގައި އަމީތާބްގެ ފަސްޓް ލުކް

"ގުލާބޯ ސިތާބޯ" ގައި އަމީތާބްގެ ފަސްޓް ލުކް

ފެމިލީ ކޮމެޑީ-ޑްރާމާ ފިލްމް "ގުލާބޯ ސިތާބޯ" ގައި އަމީތާބް ބައްޗަންގެ ފަސްޓް ލުކް ދައްކާލައިފިއެވެ.

ފަސްޓް ލުކް ފޮޓޯގައި އަމީތާބް ފެނިގެން ދަނީ، ދިގު، ނުރަ ތުނބުޅިއެއް ހުރި މީހެއްގެ ގޮތުގައެވެ. މި ފޮޓޯއަށް ގިނަ ބައެއްގެ ތައުރީފު ވަނީ އަމީތާބަށް ލިބިފައެވެ.

ސުޖިތު ސިރްކާ ޑައިރެކްޓްކުރާ މި ފިލްމުން އަޔޫޝްމަން ކުރާނާވެސް ފެނިގެންދާނެއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ އެޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.

ފިލްމްގެ ޝޫޓިން މިހާރު ފަށާފައިވާއިރު، ޝޫޓިންގައި އަމީތާބް ބައިވެރިވެފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.