ކަޕިލް އާއި ގިނީ

އަލަތު ދަރިފުޅު ލިބެން އުޅޭކަން ކަޕިލް ކަށަވަރުކޮށްދީފި

އަންހެނުން ގިނީ ޗަތުރަތު ބަލިވެއިންކަން، އިންޑިއާގެ މަޝްހޫރު ޓީވީ ހޯސްޓް އަދި ކޮމީޑިއަން ކަޕިލް ޝަރްމާ ކަށަވަރުކޮށްދީފިއެވެ.

ފުރަތަމަ ދަރިފުޅު ލިބޭތީ، އެ ދެމަފިރިން މިހާރު ތައްޔާރުވަމުން ދަނީ އެކަން ފާހަގަކުރުމަށް ބޭބީމޫންއަކަށް ދިޔުމަށެވެ.

ގިނީ ޗަތުރަތު ބަލިވެއިންކަން، ކަޕިލް ކަށަވަރުކޮށްދިނީ މުމްބާއީ މިރާއަށް ދިން އިންޓަވިއުއެއްގައެވެ. ކަޕިލް ބުނި ގޮތުގައި އޭނާ މިހާރު ބޭނުންވަނީ އަނބިމީހާއަށް އަޅާލުންދީ އަނބިމީހާ ގާތުގައި މިދުވަސްކޮޅު ހުރުމަށެވެ.

ކަޕިލް ބުނި ގޮތުގައި އޭނާއަށް ދަރިއަކު ލިބެން އުޅޭކަން އެނގުމުން އެކަމާ އެންމެ އުފާވީ އޭނާގެ މަންމައެވެ. އަދި މިދުވަހަށް މަންމަ އިންތިޒާރުކުރާތާ އަހަރުތަކެއްވެފައިވާ ކަމަށްވެސް ކަޕިލް ބުންޏެވެ.

ދަރިއަކު ލިބޭތީ އަދި މާބޮޑު ތައްޔާރީއެއް ނުވާ ކަމަށާއި ލިބެން އުޅޭ ކުއްޖާގެ ޖިންސް ނޭނގޭ ކަމަށް ކަޕިލް ބުންޏެވެ.