ޓެއިލަރ ސްވިފްޓްގެ އާ އަލްބަމަށް ތައްޔާރުތަ؟

ޓެއިލާ ސްވިފްޓްގެ ސަޕޯޓަރުން މިހާރު އިންތިޒާރު ކުރަމުން ދަނީ އޭނާގެ ކުރިއަށް އޮތް އަލްބަމް "ލަވަރ" އަށެވެ.

އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި، އިންސްޓަގްރާމް ލައިވްއެއްގެ ތެރެއިން ޓެއިލަރ ސްވިފްޓްގެ އާ އަލްބަމް އާބެހޭ ވަރަށް ގިނަ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. ލައިވް ކުރިއަށް ދިޔަ ވަގުތު އެ އަލްބަމްގެ ލަވައެއް ކަމަށްވާ "އަރޗާ" ވަނީ ރިލީޒްކޮށްފައެވެ.

އިންސްޓަގްރާމް ލައިވްގައި، ޓެއިލާ ސްވިފްޓް ބުނީ މިއީ އޭނާ އަމްބަމް ނެރޭތާ 13 ވަނަ އަހަރު ކަމަށާއި 13 އަކީ އޭނާގެ ނަސީބު ނަންބަރު ކަމަށެވެ.

އަލްބަމާއިއެކު ހާއްސަކަމެއް ކުރުމުގެ ގޮތުން ޓެއިލާގެ އުމުރުން 13 އަހަރުން ފެށިގެން ލިޔަމުން އައި ޑައިރީތަކުން ސަފްހާތަކެއް ސަޕޯޓަރުންނާ ހިއްސާކުރުމަށް ވަނީ ނިންމާފައެވެ. މުޅިއެކު 120 ސަފްހާ ހިއްސާކުރުމަށް ނިންމާފައިވަނީ 4 ޑެލަކްސް އަލްބަމާއެކުގައެވެ.

މި ކޮންމެ އަލްބަމެއްގައި މުޅިއެކު ޓެއިލާ ސްވިފްޓްގެ ޑައިރީން 30 ސަފުހާއާއިއެކު ހުސްގަނޑުތަކެއް ވަނީ ހިމަނާފައެވެ. އަލްބަމް ވިއްކަނީ ފޮތެއްގެ ސިފައިގައި ސީޑިއާއެކުގައެވެ. މި އަލްބަމްތައްވެސް ވަނީ ޓެއިލާގެ އަސްލު ޑައިރީތަކާއެކު އިންސްޓަގްރާމް ލައިވްގައި ދައްކާލާފައެވެ.

ޓެއިލާގެ މި އަލްބަމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.