ޖެނިފާ ލޯރެންސް

ޖެނިފާ ކްރައިމް ފިލްމަކަށް

އެކަޑެމީ އެވޯޑް ހާސިލްކޮށްފައިވާ އެކްޓްރެސް، ޖެނިފާ ލޯރެންސް ކްރައިމް ޑްރާމާ ފިލްމަކަށް ތައްޔާރުވާން ފަށައިފިއެވެ.

މި ފިލްމަކީ، ހަގީގީ ހާދިސާއަކަށް ބިނާކޮށް، އެމެރިކާގެ ލިޔުންތެރިޔާ ތެރެސާ ކާޕެންޓާސް ލިޔެފައިވާ ވާހަކަ "މޮބް ގާރލް" އަށް ހަމަ އެނަމުގައި ހަދާ ފިލްމެކެވެ. ފިލްމްގެ ޑައިރެކްޓަރަކީ އިޓަލީގެ ޕައޮލޯ ސޮރެންޓީނިއޯއެވެ.

ޖެނިފާ ލޯރެންސް، މި ފިލްމްގައި ކުޅޭނީ އަރލީން ނަމަކަށް ކިޔާ މީހެއްގެ ރޯލެވެ. ފިލްމްގައި ޖެނިފާ ފެނިގެންދާނީ ގޭންގް ސްޓާރެއްގެ ލޯބިވެރިއެއްގެ ގޮތުގައެވެ.

އުމުރުން 28 އަހަރުގެ އެކްޓްރެސް ކުޅެފައިވާ ބައެއް ކާމިޔާބު ފިލްމްތަކުގެ ތެރޭގައި "ދަ ހަންގާ ގޭމްސް: ކެޗިންގް ފަޔާ" އާއި "އެކްސް-މެން: ޑޭޒް އޮފް ފިއުޗާ ޕާސްޓްް" ހިމެނެއެވެ.