އަމީތާބް އޭނާގެ ކާފަދަރިފުޅަކާއި ދަރިފުޅަކާއެކު

ދެބަފައިންގެ ދެ ފިލްމް އެއް ހަފުތާއެއްގައި

ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަން ލީޑް ރޯލުން ފެނިގެންދާ ފިލްމަކާއި ދަރިފުޅު އަބިޝެކް ބައްޗަން ލީޑް ރޯލުން ފެނިގެންދާ ފިލްމެއް އެއް ހަފުތާއެއްގައި ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.

އަބިޝެކް ބައްޗަން ލީޑް ރޯލުން ފެނިގެންދާ ފިލްމް "ބިގް ބުލް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ އަށް ވަނަ ދުވަހު އޮންލައިން ޕްލެޓްފޯމެއްގައެވެ. އަމީތާބް ލީޑް ރޯލުން ފެނިގެންދާ ފިލްމް "ޗެހްރޭ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ސިނަމާތަކުގައި އެޕްރީލް މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ދެބަފައިން އެއް ފިލްމަކުން މީގެ ކުރިން ފެނިގެންދިޔަ ނަމަވެސް، ދެބަފައިންގެ ދެ ފިލްމެއް އެއް ހަފުތާއެއްގައި މީގެ ކުރިން ރިލީޒްކޮށްފައިނުވާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

އަބިޝެކް ގަބޫލުކުރާ ގޮތުގައި ދެ ޕްލެޓް ފޯމެއްގައި ރިލީޒްކުރި ނަމަވެސް އޯޑިއެންސަކީ އެއް ބައެކެވެ. ނަމަވެސް މިއީ ތަފާތު ދެ ޖޯންރާގެ ފިލްމްތަކެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.