ޖޯނީ ޑެޕް “ޖިއަންނެ ޑި ބެރީ”ގައި ފެނިގެންދާ “ކިންގް ލުއިސް 15”ގެ ފޮޓޮއެއް ފޮޓޯ “ވައި ނޮޓް ޕްރޮޑަކްޝަންސް”

ޖޯނީ ޑެޕް 3 އަހަރުގެ ބްރޭކްއަކަށްފަހު ފްރާންސްގެ ފިލްމަކުން

ފްރާންސް ގެ ފިލްމް “ޖިއަންނެ ޑި ބެރީ” ކިޔާ ފިލްމަކުން ޖޯނީ ޑެޕް ރަސްކަލެއްގެ ރޯލުން ފެނިގެންދާއިރު މީ 3 އަހަރު ފަހުން އޭނާ ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މި ފިލްމުން އޭނާ ފެނިގެންދާނީ “ކިންގް ލުއިސް 15” ގެ ރޯލުންނެވެ. 

ކޯޓުގައި ހިނގަމުންއައި އަބުރުގެ ދައުވާގެ މައްސަލައަކުން އޭނާގެ ކުރީގެ އަންހެނުން “އެމްބާރ ހާރޑް” ގެ މައްޗަށް ކާމިޔާބު ލިބުންތާ މާގިނަ ދުވަހެއް ނުވަނީސް ޖޯނީ ޑެޕްވަނީ މި ފިލްމުގެ ޝޫޓިންތައް ފަށާފައެވެ. 

ފްރާންސްގެ ޑައިރެކްޓަރ “މައިވެން” ޑައިރެކްޓް ކުރާ މިފިލްމުން ޖޯނީޑެޕްގެ ކެރެކްޓާރގެ ފޮޓޮއެއް “ވައި ނޮޓް ޕްރޮޑަކްޝަންސް” އިން ވަނީ އާއްމުންނަށް ދައްކާލާފައެވެ. 

“ވައި ނޮޓް ޕްރޮޑަކްޝަންސް” އިން ބުނެފައިވާ ގޮތުގައި މި ފިލްމުގެ ޝޫޓިންތަށް ފެށިފައިވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. 11 ހަފްތާވަންދެއް މި ފިލްމުގެ ޝޫޓިންތަށް ނަގާފައިވާއިރު މިފިލްމުގެ ޝޫޓިންތަށް ނަގާފައިވަނީ ޕެރިސްގެ އެކި ހިސާބުތަކުގަޔާ ސްޓޫޑިއޯ ތެރޭގައެވެ.