
15 އަހަރުގެ އަލީ ބިލާލް ތާހާއަށް ފަރުވާ ދެމުން އަންނައިރު އެނދާއެކު ބިޑި އަޅުވާފައި: ފޮޓޯ ސިލްވަނިކް.ނެޓް
އިޒްރޭލުގެ އަނިޔާވެރިކަން މި ފޮޓޯއިންވެސް
އިޒްރޭލުގެ ސިފައިން ދަނީ ފަލަސްތީނުގެ މުސްލިމުންނާމެދު އަނިޔާވެރި އެތައް އަމަލެއް ހިންގަމުންނެވެ. ފޮޓޯއިން ފެނިގެން އެދަނީ އެފަދަ މަންޒަރެކެވެ.
ފަލަސްތީނުގެ ހަބަރުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އަންނަ ޔޫނެސް އަރާރް ބުނި ގޮތުގައި މި ފޮޓޯއިން ފެނިގެންދަނީ އުމުރުން 15 އަހަރުގެ އަލީ ބިލާލް ތާހާއެވެ.
ޔޫނެސް އަރާރް ބުނި ގޮތުގައި އިޒްރޭލުގެ ސިފައިން ވަނީ މި ކުއްޖާގެ ދެ ފަޔަށް ބަޑި ޖަހާފައެވެ. ފަލަސްތީނުގެ ބިން ހިފައިގެން ތިބި ޒައިނިސްޓުންގެ ބާރުގެ ދަށުގައި ހުރި ހޮސްޕިޓަލެއްގައި އެ ކުއްޖާއަށް ފަރުވާ ދެމުން އަންނައިރު، އެނދާއެކު އެކުއްޖާގެ އެއް އަތުގައި ވަނީ ބިޑި އަޅުވާފައެވެ.
ފަލަސްތީނުގެ ހަބަރުތައް ގެނެސްދެމުން އަންނަ "ސިލްވަނިކް.ނެޓް" އިން މި ފޮޓޯ ނަގާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ.