އެޑޮލްފް ހިޓްލަރު

ހިޓްލަރުގެ ލިޔުންކޮޅެއް ނީލަމުގައި ވިއްކާލަނީ

ނާޒީ ލީޑަރު، އެޑޮލްފް ހިޓްލަރު އަމިއްލައަށް މަރުވުމުގެ ކުރިން ލިޔުނު ލިޔުން ކޮޅެއް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.

ހިޓްލަރުގެ މި ލިޔުމަކީ އޭނާގެ އެންމެ އަރިސް އެއް ކޮމާންޑަރު ކަމަށްވާ ފްރެޑްއިނާންޑަށް ލިޔެފައިވާ ލިޔުން ކޮޅެކެވެ. އެ ލިޔުން ކޮޅުގައި ހަނގުރާމައިގެ މައިދާން ދޫކޮށް ދިޔުމަށް ފްރެޑްއިނާންޑަށް ހިޓްލަރު އަންގާފައިވެއެވެ. އަދި ހިޓްލަރު ހުންނާނީ ބާރލިންގައި ކަމަށްވެސް ބުނެފައިވެއެވެ.

މި ލިޔުން ނީލަމުގައި ވިއްކާލަނީ އެމެރިކާގެ މެރިލޭންޑްގެ އެލެގްޒެންޑާ ހިސްޓޯރިކަލް އޮކްޝަން އިންނެވެ. ނީލަމުގައި މި ލިޔުންކޮޅުގެ އަގު 70،000 ޕައުންޑަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ހިޓްލަރު މި ލިޔުން ލިޔެފައިވަނީ 1945 ވަަނަ އަހަރުގެ އެޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. ހިޓްލަރު އަމިއްލަ ގަޔަށް ބަޑި ޖަހާ މަރުވެފައިވަނީ އެ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.