އައިޝަހް އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔައިރު ނަގާފައިވާ ފޮޓޯއެއް

މި ކުއްޖާ ނިޔާވުމުންވެސް، ބެލެނިވެރިއަކު ގާތުގައި ހުރުމަށް އިޒްރޭލުން އެޅީ ހުރަސް

ގާޒާގެ ކުޑަ އަންހެން ކުއްޖަކު ކެންސަރު ބަލީގައި ނިޔާވެގެން ދިޔައިރުވެސް، އެ ކުއްޖާގެ ބެލެނިވެރިންނަށް އެކުއްޖާ ގާތަށް ދިއުމަށް އިޒްރޭލުން ހުރަސް އަޅައިިފިއެވެ.

އައިޝަހް ނަމަކަށް ކިޔާ މި ކުޑަ އަންހެން ކުއްޖާއަށް ކެންސަރު ޖެހުމުން، ފަރުވާ ދިނުމަށް ވަނީ ޖެރުސެލަމްގައި ހުރި ހޮސްޕިޓަލަކަށް ބަދަލުކުރެވިފައެވެ. ނަމަވެސް އެ ކުއްޖާގެ އާއިލާގެ މެންބަރަކަށް އެ ކުއްޖާއާއެކު ޖެރުސެލަމްއަށް ދިއުމަށް އިޒްރޭލުން ވަނީ ހުރަސް އަޅާފައެވެ.

ގާޒާގެ ހަބަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނަ އެކްޓިވިސްޓް ޔޫނުސް އަރާރް ބުނި ގޮތުގައި އައިޝަހް ނިޔާވީ އިއްޔެއެވެ. އައިޝަހް ނިޔާވީ ހިތާމައާއި ހިތްދަތިކަމުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ.

ހަސަން

ގާޒާގެ ރައްޔިތުންނަށް އިޒްރާއީލުން ދަނީ ކިތަންމެހާވެސް އުނދަގުލެއް ކުރަމުން