ބްރެޒިލްގެ ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނާ ގުރާ

ބްރެޒިލްގެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ގުރައެއް ހައްޔަރުކޮށްފި

ބްރެޒިލްގެ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެ، ވާހަކަ ދައްކާ ގުރައެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ ގައުމުގެ ފުލުހުން ހާމަކުރި ގޮތުގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް، އެ ގުރާ ވަނީ ފުލުހުން އަންނަކަން ސަމާލު ކަމަށް ގެނެސްފައެވެ.

އެގޮތުން މަސްތުވާތަކެތީގެ މައްސަލައެއްގައި ބްރެޒިލްގެ ފުލުހުން ހޯދަމުން ދިޔަ ދެ މީހަކު ދިރިއުޅޭ ގެއާ ފުލުހުން ކައިރިވި ވަގުތު، އެ ގޭގެ ފާރު މަތީގައި އިން އެ ގުރާ ވަނީ އެކަން އެގޭގެ މީހުންގެ ސަމާލު ކަމަށް ގެނެސްފައެވެ.

"އެ ގުރާ ބުނެފައިވަނީ "މަމާ، ޕޮލިސް". އަހަރެމެން ގަބޫލުކުރަނީ މިއީ މި ގުރާއަށް ދީފައިވާ ތަމުރީނެއް ކަމަށް." ބްރެޒިލްގެ ފުލުހުން ބުނެފައިވެއެވެ.

ގުރާގެ އަމަލުގެ ސަބަބުން ބްރެޒިލްގެ ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަށް ހުރަސް އެޅުނު ނަމަވެސް އެ އޮޕަރޭޝަން ކާމިޔާބުވި ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.

ދިވެހި މީހާ

މަމެން ގައުމުގެ ވީ ޕޮލިސް ސްޓޭޝަން އުވާލާފަ ގުރާ ސްޓޭޝަން އުފައްދަން