ޗިކެން ޗައޮ މެއި

ޗިކެން ޗައޮ މެއި ޗައިނީސް ނޫޑްލްސް

ބޭނުންވާ ތަކެތި:

80މލ ސޯއީ ސޯސް

1 މޭޒުމަތީ ސަމުސާ އިނގުރު ކުދިކޮށް ކޮށާފައި

1 މޭޒުމަތީ ސަމުސާ ލޮނުމެދު ކުދިކޮށް ކޮށާފައި

1 މޭޒުމަތީ ސަމުސާ އޮއިސްޓާ ސޯސް

1 މޭޒުމަތީ ސަމުސާ ހަކުރު

1 މޭޒުމަތީ ސަމުސާ ސެސެމޭ ތެޔޮ

ރަހަލާވަރަށް ހިކިމިރުސް ފުނޑުވާފައި

ރަހަލާވަރަށް އަސޭމިރުސް

2 ޗިކެން ބްރެސްޓް، ކޮށާފައި

1 ފިޔާ ކޮށާފައި

½ ކެބެޖު ކޮށާފައި

1 ކެރެޓް ކޮށާފައި

3 ސެލެރީ ސްޓޯކްސް ކޮށާފައި

2 ޕެކެޓް ނޫޑުލްސް

1 ½ ތަށި ފެން

ހަދާނެ ގޮތް

ތައްޓެއްގައި ސޯއީ ސޯސް، އިނގުރު، ލޮނުމެދު، އޮއިސްޓާ ސޯސް، ސެސެމޭ ތެޔޮ، ހަކުރު، އަދި ހިކިމިރުސް ކޮޅާއި އަސޭމިރުސް ކޮޅު އެއްކޮށްލާށެވެ.

ޕްލާސްޓިކް ޕެކެޓަކަށް ނުވަތަ މަތިޖެހޭ ތައްޓައެއްގައި ކުކުޅުކޮޅާއި ސޯސް ގަނޑު އެއްކޮށްލާފައި، ރަނގަޅަށް ކުކުޅަށް ސޯސްގަނޑު ވަންނަންދެން (މެރިނޭޓް ކުރަން) އެއްގަޑިއިރު ވަންދެން ފްރިޖުގައި ބަހައްޓާށެވެ.

މަޑު ގިނީގައި ކުކުޅުކޮޅު ރޯ ފިލުވާލާށެވެ.

ކުކުޅުކޮޅު އެހެން އެއްޗަކަށް ހުސްކޮއްލުމަށްފަހު ހަމަ އެތެލީގައި ފިޔާ، ސެލެރީ، ކެރެޓް، ކެބެޖު ކޮޅު ކުޑަ ސެސެމޭ ތެޔޮ ފޮދަކާއެކު ވަޅޯ ކޮއްލާށެވެ.

މީގެ ތެރެއަށް ދެ ބޮނޑި ނޫޑްލުސް އޮތްގޮތަށް ލާށެވެ.

ފެންފޮދު މައްޗަށް އަޅާލުމަށްފަހު، ތަރުކާރީ ކޮޅުން ވީހާވެސް ބޮޑަށް ނޫޑުލްސްތައް ފޮރުވާލާށެވެ.

ތެލީގައި މަތި ޖެހުމަށްފަހު 5-7 މިނެޓް ވާންދެން މަޑު ކޮށްލާށެވެ.

ފުދޭވަރަކަށް މަޑުވުމުން ދޭފަތަކުން ނޫޑުލްސްތައް ވަކި ކޮއްލާށެވެ. އަދި ކުކުޅު ކޮޅު އަޅާލުމަށް ފަހު ހާކާލާށެވެ.