ބަދިގެ: ޕްރޯންސް ރައިސް

ޕްރޯންސް ރައިސް

ބޭނުންވާނެ ތަކެތި

4 ޖޯޑު ބަތް،

2 ޖޯޑު ޕްރޯންސް،

1 ޖޯޑު ފިޔާ (ކޮށާފައި)،

1 މޭޒުމަތީ ސަމުސާ އިނގުރު (ޗިސްކޮށްފަ)،

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ޗިސްކޮށްފަ)،

6 ހިކިމިރުސް (ކޮށާފައި)،

1 މޭޒުމަތީ ސަމުސާ ސޯޔާސޯސް

1 ކެރެޓް (ގާނާފައި)

½ ޖޯޑު ހިކިމޭބިސް ކަދުރު

ލޮނުކޮޅެއް

ތެޔޮ ފޮދެއް

 

ތައްޔާރުކުރާނެ ގޮތް

ތަވާ އުނދުން މައްޗަށް އުދުމަށްފަހު ކުޑަ ތެޔޮ ފޮދެއް އަޅާލާށެވެ. ތެޔޮ ފޮދު ހޫނު ވުމުން ޕްރޯންސް، ފިޔާ، މިރުސް، ކެރެޓް އަދި ހިކިމޭބިސްކަދުރު ތަވަޔަށް އަޅާލާށެވެ. ޕްރޯންސް ކޮޅު ރޯފިލުމުން ބަތް ފިޔަވައި ބާކީ ހުރި ތަކެތި ތަވަޔަށް އަޅާލައި އެއް މިނެޓް ވަންދެން އެއްކޮށްލާށެވެ.

އެއަށްފަހު ބަތްކޮޅު ތަވަޔަށް އަޅާލައި ރަނގަޅަށް އެއްކޮށްލުމުން ޕްރޯންސް ރައިސް ތައްޔާރުވީއެވެ.