ބަދިގެ: މަޝްރޫމް ވިތު ސޮސެޖް ރައިސް

ބަދިގެ: މަޝްރޫމް ވިތު ސޮސެޖް ރައިސް

ބޭނުންވާނެ ތަކެތި

5 ޖޯޑުބަތް

1 ޖޯޑު ސޮސެޖް (ކުދިކޮށް ކޮށާފައި)

1 ޖޯޑު މަޝްރޫމް (ކޮށާފައި)

1 ޖޯޑު ފިޔާ (ކޮށާފައި)

1 މޭޒުމަތީ ސަމުސާ ސޯޔާސޯސް

1 މޭޒުމަތީ ސަމުސާ ވިނިގަރ

3 ރޯމިރުސް (ފަޅިކޮށްފައި)

3 ހިކިމިރުސް (ކޮށާފައި)

½ ސައިސަމުސާ އަޖިނަމޮޓޯ

½ ޖޯޑު ކެޝޫނަޓް

ލޮނުކޮޅެއް

 

ތައްޔާރުކުރާނެ ގޮތް

 

ތަވާ އުނދުންމައްޗަށް އުދުމަށްފަހު، ހޫނުވީމާ ފިޔާ، ރޯމިރުސް، ހިކިމިރުސް، މަޝްރޫމް، ކެޝޫނަޓް އަދި ސޮސެޖްކޮޅު އެއްކޮށް އަޅާލާށެވެ. ފިޔާކޮޅު މޯޅިވީމާ ވަތް ފިޔަވައި ބާކީ ހުރި ހުރިހާތަކެތި އެއްކޮށް ތަވާއަށް އަޅާލާށެވެ. އެތަކެތި ރޯފިލުމުން ބަތްކޮޅު އެއްކޮށްލާށެވެ. މިހާރު މަޝްރޫމް ވިތު ސޮސެޖް ރައިސް ތައްޔާރުވީއެވެ.