އަމީތާބް ބައްޗަން - ފޮޓޯ ފޭސްބުކް

އަމީތާބްގެ "ގުޑްބައި" އޮކްޓޫބަރު މަހު ރިލީޒްކުރަނީ

އަމީތާބް ބައްޗަން ފެނިގެންދާ ފިލްމް، "ގުޑްބައި" އޮކްޓޫބަރު މަހު ރިލީޒްކުރުމަށް ކަނޑައަޅައިފިއެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އެދުވަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމް ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.

ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ ޕްރޮޑިއުސަރަކީ އެކްތާ ކަޕޫރެވެ.

މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ނީނާ ގުޕްތާ އާއި ރަޝްމިކާ މަންޑާ ހިމެނެއެވެ.