ޗައިނީޒް ކިޗަން ފްރައިޑް ރައިސް

ބޭނުންވާނެ ތަކެތި

1 ކުކުޅު ބިސް

ކުޑަ  ފެން ފޮދެއް

1 މޭޒުމަތީ ސަމުސާ ބަޓަރު

1 މޭޒުމަތީ ސަމުސާ ވެޖިޓަބަލް އޮއިލް

1 ފިޔާ (ކޮށާފައި)

2 ޖޯޑު ހުދު ބަތް (ކައްކާފަ)

2 މޭޒުމަތީ ސަމުސާ ސޯޔާސޯސް

1 ޖޯޑު ކުކުޅު (ކޮށާފައި، ރޯފިލުވާފައި)

1 މިކްސްޑް ވެޖިޓަބަލް ދަޅެއް

 

ތައްޔާރުކުރާނެ ގޮތް

 

އެންމެ ފުރަތަމަ، ބޯ ތައްޓަކަށް ބިސް ތަޅާލާށެވެ. އެއަށްފަހު ގާތްގަނޑަކަށް ފަސް އެމްއެލް ފެނާއި އެއްކޮޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

އެއަށްފަހު، ތަވައެއް އުނދުން މައްޗަށް އުދާ، މަޑު ގިނީގައި ބަޓާ ކޮޅު މެލްޓްކޮށްލާށެވެ. އެއަށްފަހު ބޯތަށީގައި ހުރި ބިސް ތަވައަށް އަޅާލާށެވެ. އަދި ގާތްގަނޑަކަށް ދެ މިނެޓު ވަންދެން ހޫނުކޮށްލާށެވެ. ދެން އުނދުން މަތިން ތަވާ ނެގުމަށްފަހު ބިސްގަނޑު ފޮތިފޮތިކޮށްލާށެވެ.

ދެން ހަމަ އެ ތަވާއަށް ވެޖިޓަބަލް އޮއިލް އަޅައި، އުނދުން މައްޗަށް އުދާށެވެ. އެ ތަވާގައި ފިޔާކޮޅު މަޑުކޮށްލާށެވެ ފިޔާކޮޅު މަޑުވުމުން ކައްކާފައި ހުރި ބަތާއި ކުކުޅު ކޮޅު އަދި ސޯޔާސޯސް ތަވައަށް އަޅާލާށެވެ. އަދި ފަސްވަރަކަށް މިނެޓް ވަންދެން ތަވާގައި ރަނގަޅަށް އެއްކޮލާށެވެ. އެއަށްފަހު މިކްސްޑް ވެޖިޓަބަލް އާއި ބިސްގަނޑު ތަވައަށް އަޅާލާށެވެ. ޗައިނީޒް ކިޗަން ފްރައިޑް ރައިސް ކައްކާ ނިމުނީއެވެ.