ޑްރައި ފްރުޓްސް މިލްކް ޝޭކް

ބަދިގެ: ޑްރައި ފްރުޓްސް މިލްކް ޝޭކް

ޑްރައި ފްރުޓްސް މިލްކް ޝޭކް

ބޭނުންވާ ތަކެތި

½ ޖޯޑު އާމަންޑް

½ ޖޯޑު ކެޝޫނަޓް (ލޮނު ނުލައި ހުންނަ ވައްތަރު)

5 ވައްތީނި (ފިގް) (ޑްރައިޑް)

5 ކަދުރު (އޮށް ނަގާފައި)

2 ޖޯޑު ކިރު

މާމުއި (ފޮނި ރަހަ ހެޔޮވަރުކުރުމަށް)

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ މާމުއި ފިޔަވައި ދެންހުރި ތަކެތި ބްލެންޑަރަކަށް އަޅައި ރަނގަޅަށް ބްލެންޑްކޮށްލާށެވެ. ޑްރައި ފްރުޓްސް މިލްކް ޝޭކް ތައްޔާރުކޮށް ނިމުނީއެވެ. ސާވްކުރާއިރު ފޮނިރަހަ ހެޔޮވަރުކޮށްލުމަށް މާމުއި ބޭނުން ކުރެވިދާނެއެވެ. ފިނިކޮށްލައިގެންވެސް މި ބުއިން މީރުވާނެއެވެ.