ނިޔަފަތި ކެއުން ހުއްޓުވިދާނެ، ބޭނުންވަނީ ކުޑަ ހިތްވަރެއް

ދަތުން ނިޔަފަތި ކެނޑުމަކީ ބައެއް މީހުންގެ ކިބައިގައި ހަރުލާފައިވާ އާދައެކެވެ. ކުޑަކުދިންނާއި ފުރާވަރުގެ އުމުރުގެ ކުދިންގެ އިތުރުން ޒުވާން އުމުރުގެ މީހުންގެ ކިބައިން ފެންނަ ކަމެކެވެ.

ބައެއް ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުން، ދަތުން ނިޔަފަތި ކެނޑުމަކީ އިމޯޝަނަލް ނުވަތަ މެންޓަލް ސްޓްރެސް ހުންނަކަމުގެ އަލާމާތެކެވެ. ފޫހިވުމާއި ބަނޑުހައިވުން އަދި ރައްކާތެރިކަން އިހުސާސުނުކުރެވުމަކީވެސް ދަތުން ނިޔަފަތި ކެނޑުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ.

ދަތުން ނިޔަފަތި ކެނޑުމަކީ، ނިޔަފަތީގެ ޓިޝޫތަކަށް ގެއްލުން ލިބޭ ކަމެކެވެ. އޭގެ އިތުރުން މިއީ ނިޔަފަތީގައިވާ ޖަރާސީމުތައް ހަށިގަނޑަށް ދިޔުމަށް މަގުފަހިވެއެވެ.

މިއާދަ ހުއްޓާލުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން ނިޔަފަތި ކަނޑާ ދައްޗަކުން ގަވާއިދުން ނިޔަފަތި ކެނޑިދާނެއެވެ. ބައެއް ނެއިލް ޕޮލިޝްއަކީ ހިތި ރަހައެއް ހުންނަ ނެއިލް ޕޮލިޝްއެވެ.